23 ޖެނުއަރީ 2025

ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ، 68،968 މެންބަރުން

އަޙްމަދު ފައުޒާން
7 ގަޑިއިރު ކުރިން

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ މަގާމު ވެރިކަމުގައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ކޮންގްރެސް ޕާޓީ ވެފައި މިވަނީ އިދިކޮޅު އެމްޑީޕީއަށް ވުރެ 25،000 މެންބަރުން އިތުރުކޮށްގެންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީގައި މިވަގުތު ތިބީ 68،968 މެންބަރުންނެވެ. އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ.

ކޮންގްރެސް ޕާޓީއަށް މިހާ ގިނަ އަދަދެއްގެ މެންބަރުން ގުޅިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށް ގެންދިޔަ މެމްބަޝިޕް ޑްރައިވްގެ ސަބަބުންނެވެ. އެ ޕާޓީން މި މެމްބަޝިޕް ޑްރައިވް ފަށާފައިވަނީ އެ ޕާޓީއަށް 75،000 މެންބަރުން ހަމަ ކުރުމަށްކަމަށް ކޮންގްރެސް ޕާޓީގެ އިސްވެރިން ބުނެ އެވެ.

އީސީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީއަށް 75،000 މެންބަރުން ހަމަވެފައި ނެތް ނަމަވެސް އެ ޕާޓީން މިވަނީ މުޅިން އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެގޮތުން ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ މެންބަރުން ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙