5 ޑިސެމްބަރު 2025

ޗައިނާގެ ސްޓީލް އިންޑަސްޓްރީއަށް އެމެރިކާގެ ޓެރިފްގެ ނޭދެވޭ އަސަރުކުރާނެކަމަށް ބުނެފި

ނުހާ
9 މަސް ކުރިން

އެމެރިކާއަށް އެތެރެކުރާ ސްޓީލްގެ ބާވަތްތަކުން 25 ޕަސެންޓްގެ އާ ޓެރިފްއެއް ނެގުމުން އެ ސިނާއަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ޗައިނާގެ ސްޓީލް އިންޑަސްޓްރީ ތަމްސީލުކުރާ ގްރޫޕަކުން އިންޒާރު ދީފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ މި ފިޔަވަޅަކީ މައިގަނޑު ގޮތެއްގ 3cx Box ައި އެމެރިކާގެ ލޯކަލް ވިޔަފާރީގެ ހިމާޔަތުގެ އަމަލެއް ކަމަށެވެ. އެހެންކަމުން ކުރު މުއްދަތެއްގައި [ޗައިނާގެ] ސްޓީލް އެކްސްޕޯޓަށް ކުރާ އަސަރު ވަރަށް ކުޑަވި ނަމަވެސ، އެމެރިކާގެ މި ފިޔަވަޅަކީ ދުރު ރާސްތާގައި އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލު ކުރަން މަގުފަހިވާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން (ޗައިނާގެ) ސްޓީލް އެކްސްޕޯޓް ވާދަވެރިކަން ކުޑަވެގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މެދު އަދި ދިގު މުއްދަތުގެ ނަޒަރަކުން ބަލާއިރު(އެމެރިކާއިން) ޓެރިފް ބޮޑުކުރުމުން ޗައިނާގެ ސްޓީލް އިންޑަސްޓްރީ ހިމެނޭ ގޮތަށް ދުނިޔޭގެ ސްޓީލް އިންޑަސްޓްރީގެ ސިނާއީ އަދި ސަޕްލައި ޗެއިންތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ސީސާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޒަންގް ލޯންގްކިއާންގް ވިދާޅުވެފައިވެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ސްޓީލް އުފައްދާ ގައުމަކަށްވީ ނަމަވެސް މިދިޔަ އަހަރު ޗައިނާއިން ހިއްސާކުރ TechWaves Box ީ އެމެރިކާގެ ސްޓީލް އިމްޕޯޓްގެ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ޗައިނާގެ އެތެރޭގެ އިމާރާތްކުރުމުގެ ސިނާއަތުގެ ޑިމާންޑް ދަށަށް ދިއުމާއެކު، ޗައިނާގެ ސްޓީލް އެކްސްޕޯޓް އިތުރުވެ، އެމެރިކާގެ ސްޓީލް އިންޑަސްޓްރީއަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އެމެރިކާގައި ވަނީ އިތުރުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެމެރިކާއަށް އެތެރެކުރާ ސްޓީލް އަދި އެލުމިނިއަމްއިން 25 ޕަސެންޓްގެ ޓެރިފް ނަގަން އެގްޒެކެޓިވް އޯޑަރުތަކުގައި ސޮއިކުރައްވައިފަ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙