މުޙައްމަދު ވިޝާންދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ޖެހިގެން އިން ސީޓުގައިގައި އިން ޕަސިންޖަރު ހިފަހައްޓައި އެ މީހާ ސަލާމަތްކޮށްފި އެވެ.
ގްރީސް އިން ފުރައިގެން ޖަރުމަނަށް ދަތުރުކުރި ރަޔަ
ން އެއާގެ ފްލައިޓްގެ ބިއްލޫރިގަނޑު ފަޅައިގެން ގޮސް ބޭރަށް ދަމައިގަތް ފިރިމީހާ ހިފެނެއްޓީ ޖެހިގެން އިން ޝީޓްގައި އިން އަނބިމީހާ ކަމަށް ނޫސްތަކުން ބުނެއެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ގްރޯީސްގެ ތެސަލޯނިކީ އިން ޖަރުމަނުގެ މެމިންގަން އަށް ދަތުރުކުރި ފްލައިޓުގެ ބިއްލޫރިގަނޑު ފަޅައިގެން ދިއުމުގެ ސަބަބުން ރަޔަން އެއާގެ ފަސިންޖަރަކަށް ވަނީ އަނިޔާވެފައެވެ.
އެ ހާދިސާ ހިނގިއިރު ފްލައިޓް ދަތުރުކުރަމުން ދިޔައީ 20
000 ފޫޓު މަތިން މަކަމަށާއި، ކުޑަދިރު ތަޅައިގެންދިޔައީ އިންޖީނުން ނެއްޓިގެން ބުރައިގެން އައި އެތިކޮޅެއް ކުޑަދޮރުގައި ޖެހުމުގެ ސަބަބުންކަމަށްވެސް ރިޕޯޓުކޮސްފައި ވެއެވެ.
އެއާލައިންއާއި ހަވާލާދީ ބުނެފައިވަނީ ގްރީސްގެ ގަޑިން ފަތިހު 5:55 ގައި ފުލައިޓް ފުރައިގެން ދަތުރުކުރަނިކޮށް ނޯތު މެސެޑޯނިއާގެ މަތިުން އިންޖީނަށް މައްސަލައެއް ދިމާވުމާ ގުޅިގެން ޕައިލެޓް ނިންމީ ތެސަލޯނިކީއަށް ފުލައިޓް ޑައިވާޓް ކުރުމަށެވެ.
NEW: Ryanair passenger, 61, nearly sucked out of Greece–Germany flight after damaged engine debris shatters cabin window; suffers friction burns pic.twitter.com/L8cpxF1Ad9
— Rapid Report (@RapidReport2025) July 10, 2026
އިންޖީނުން ނައްޓައިގެން އައި ބައި ކުޑަދޮރުގައި ޖެހި ހިނގި ހާދިސާގައި ސާބިއާގެ 61 އަހަރުގެ ފިރިހެނަކަށް ވަނީ ކުދިކުދި އަނިޔާތަކެއް ލިބިފައި ކަމަށާއި، އަދި އެވަގިތު އޮކްސިޖަން މާސްކް ވެއްޓުމާއެކު ކެޕްޓަން "އިމަޖެންސީ" އޭ ކިޔައި ހަޅޭއްލަވަމުން ދިޔަކަމަށް ޕަސިންޖަރުންނާ ހަވާލާދީ ބުނެފައި ވެއެވެ.
އޮކްސިޖަން މާސްކުތައް ތިރިވި. އަދި ގަދަ ވަހެއް ދުވި. އެއް ފަސިންޖަރެއްގެ ބޮލާއި ކޮނޑާ ހިސާބު އޮތީ ކުޑަދޮރުން ބޭރަށް ނުކުމެފައި. ނަސީބަކުން އޭނާ އިނީ ސީޓްބެލްޓް ނައްޓާލައިގެންނެއް ނޫން، އެ ސަރަހައްދުގައި ތިބި އެހެން ފަސިންޖަރުން އޭނާ އެތެރެއަށް ދަމައި ގެންނަން އެހީތެރިވި" އެވަގުު ޕަސިންޖަރަކު ބުނެފައި ވެއެވެ.
ކްރިސްޓީނާ ނަމަކަށް ކިޔާ ފަސިންޖަރަކު ރޭޑިއޯ ތެސަލޯނިކީ އަށް ދިން އިންޓަވިއުއެއްގައި ބުނީ މަތިންދާބޯޓުން ބޭރުގައި އޭނާގެ ހަށިގަނޑު އޮތީ އޭނާގެ ކޮނޑާއި ހަމައަށް ކަމަށާއި އޭނާގެ ފައިގައި ހިފަހައްޓައިގެން ތިބި މީހުންގެ ތެރޭގައި އޭނާގެ އަންހެނުން ވެސް ހިމެނޭ ކަމަށެވެ.
މި ހާދިސާ އަށް ފަހު އެނބުރި އައުމަށް 20 ވަރަކަށް މިނިޓް ހޭދަވި ކަމަށާއި، ޒަޚަމްވި މީހާ އެމަޖެންސީ ސާވިސަސް އިން ވަނީ ތެސަލޯނިކީގެ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.