5 ޑިސެމްބަރު 2025

އީލޮން މަސްކުގެ ފައިގަ ޓްރަމްޕް ދޫލާ ވީޑީއޯއެއް ސަރުކާރު އޮފީހެއްގެ ސްކްރީނުގައި

މުޙައްމަދު ވިޝާން
9 މަސް ކުރިން

އީލޮން މަސްކުގެ ފައިގަ ޓްރަމްޕް ދޫލާ ވީޑީއޯއެއް ސަރުކާރު އޮފީހެއްގެ ސްކްރީނުގައި އެޅުވި މައްސަލައެއް ހޫނުވެ އެމައްސަލަ ބަލަން ފަށައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އެޑްވައިޒަރު އީލޮން މަސްކުގެ TechWaves Box ފައިފައި ދޫލާތީ ފެންނަ "ލޯންގް ލިވް ދަ ރިއަލް ކިންގް" ގެ ނަމުގައި އޭއައި އިން ހަދާފައިވާ އެ ވީޑިއޯ އަޅުވާފައިވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް (އެޗްޔޫޑީ)ގެ ސްކްރީންތަކުގައިއެވެ. 

ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރު ކަމަށްވާ އީލޮން މަސްކް ބަލަހައްޓަމުން އަންނަ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް) އިން ފެޑެރަލް ސްޓާފުން (ސިވިލް މުވައްޒަފުން) މަދުކޮށް ހަރަދު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އީލޮން މަސްކު ވަނީ ފެޑެރަލް މުވައްޒަފުން (ސިވިލް މުވައްޒަފުން) އެ މީހުން ވަޒީފާގެ ޒިންމާގައި މިދިޔަ ހަފްތާގައި ކުރީ ކޮން ކަމެއްތޯ ބުނެދިނުމަށް އަންގާފައެވެ.

އެ ވީދިއޯގެ މައްސަލާގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ( 3cx Box އެޗްޔޫޑީ) ތަރުޖަމާނު ވިދާޅުވީ އެއީ ޓެކްސް ދައްކާ މީހުންގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް، ޒިންމާވާ ފަރާތްތައް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙