މުޙައްމަދު ވިޝާންއެމެރިކާ އާއި ޔުކްރެއިންގެ ރައީސުން އެމެރިކާގެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ރަސްމީ ބައްދަލުކުރެއްވުމެއް ރަސްމީ ބޮޑު ޒުވާބަކަށްވެ، އެމެރިކާއަށް ޒެލެންސްކީ އިހްތިރާމް ކުޑަކުރިކަމަށްބުނެ ސުލްހައަށް ވާހަކަދައްކަން ތައްޔާރުވެގެން އަލުން އައުމަށްބުނެ ޔްކްރެއިންގެ ރައީސް ފޮނުވާލައިފި އެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި މީޑިއާތަށް ކުރިމަތީ ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައި ދ
ެ ގައުމުގެ ވެރިން ގެ މެދުގައި ޒުވާބު ފެށިފައިވަނީ އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައިގަތުމަށްފަހު އެމެރިކާއިން ޔުކްރެއިން މައްސަލާގައި ގެންގުޅެމުންއައި ސިޔާސަތު ބަދަލުކޮށްފައިވާކަމަށް ބުނެ އެކަމުގެ ސަބަބުން ވާނެ ގޮތް އަދި އިހުސާސްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވުމާ ގުޅިގެންނެނެވެ.
ޒެލެންސްކީ ގެ އެވާހަކައާއި ގުޅިގެން ޓްރަމްޕް ވިދާޅުވީ ޒެލެންސްކީ އެމެރިކާއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި، ޒެލެންސްކީ ހުންނެވީ އެމެރިކާއަށް އިހްސާސްވާނެ ގޮތް ކިޔައިދެވޭނެ މަގާމެއް ނޫން ކަމަށް ރުޅިވެރިކަމާ އެކު ވިދާޅުވި އެވެ.
WA
— Rapid Response 47 (@RapidResponse47) February 28, 2025TCH IN FULL: All 46 minutes of the Oval Office meeting between President Donald J. Trump and President Zelenskyy pic.twitter.com/L88QejnhRA
އިތުރަށް ޓްރަމްޕް ވިދާޅުވީ ބައެއް ކަންކަމުގައި ގޮތް ދޫނުކޮށް އެއްވެސް އެއްބަސްވުމެއް ނުހެދޭނެ ކަމަށާއި އަދި ބައެއް މީހުން ހީކުރާ ގޮތަށް އެއީ މާބޮޑު ދޫދިނުންތަކެއް ނޫން ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން އަމަލުކުރި ގޮތާއި ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރު ކަން ހިނގި ގޮތާއި ހަނގުރާމައިގެ އަނިޔާވެރިކަން ސިފަކޮށްދެއްވަމުން ޒެލެންސްކީ ވިދާޅުވީ ޔުކްރޭން ގެ ރައްޔިތުން މަރާ ގާތިލެއްގެ ކުރިމަތީ ދޫދިނުމެއް ނޯންނާނެ ކަމަށެވެ. އަދި ރަޝިޔާގެ މޮޔައިން ޔުކްރެއިންގެ ކުޑަކުދިންނާއި އަންހެނުން ޑީޕޯޓްކުރަމުންދާ ކަމަށާއި، ހިންގަނީ ހަނގުރާމައިގެ ޖަރީމާތައް ކަމަށެވެ.
— Donald J. Trump (@realDonaldTrump) February 28, 2025
އޭގެ އިތުރުން ޒެލެންސްކީ ވަނީ އެމެރިކާއިން ޔުކްރެއިނާ އެއްކޮޅަށް އޮވެ އެހީވަމުން ގެންދިޔަ ސިޔާސަތު ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާ އެކު ބަދަލުކުރުމުން ހިތްހަމަނުޖެހި ވަޑައިގެން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަކީ ގާތިލެއް ކަމަށް ވިދާޅުވެ ފައެވެ.
ޒެލެންސްކީގެ އެ ވާހަކަތަކާ އެކު ޓްރަމްޕް ވަނީ ޒެލެންސްކީ އަކީ ޝުކުރުވެރިވާ މީހެއް ނުންކަމަށާއި، އަމަލުކުރައްވަނީ ވެސް ރީއްޗަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ތިޔަ ކުޅެވެނީ އެތައް ބައެއްގެ ފުރާނަޔަށް ކަމަށާއި، ފުރުސަތު ހުޅުވާލަން ތިޔަ އުޅެނީ 3 ވަނަ ބޮޑުހަނގުރާމައަށް ކަމަށާއި އަމަލުތަށް ތިޔަ ގެންގުޅެނީގައުމަށް އިހްތިރާމެއް ނެތްގޮތަށް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޒެލެންސްކީ އަށް ރަށްދުދެއްވާފައެވެ. އަދި ރަޝޔާއާ އެކު އެއްބަސްވުމަކަށް އައިސް މައްސަލަ ހައްލުނުކޮށްފިނަމަ އެމެރިކާގެ އެހީ ކަނޑާލުން ނޫން ގޮތެއް ނޯންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެއާއެކު އެ ބައްދަލުކުރެއްވުމުގައި އިންނެވި އެމެރިކާގެ ނައިބު ރައީސް ވެންސް ޒެލެންސްކީއާ ދިމާލަށް ވަނީ ޓްރަމްޕަށް އިހުތިރާމެއް ވެސް ނުކުރާ ކަމަށް ވިދާޅުވެ ޒެލެންސްކީ ވާހަކަ ދައްކަވަން ވަނީ ހުރަސްއަޅުއްވާފައެވެ.