މުޙައްމަދު ވިޝާންޕެނަލްޓީން ބަލިވެ އިނގިރޭސި އެފްއޭ ކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް އެ މުބާރާތުން ކަޓައިފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ރޭ ފްލަމް އާއި
ބައްދަލުކުރި މެޗުގެ ވަގުތު ހަމަވިއިރު ދެޓީމުންވެސް ކާމިޔާބުކޮށްފައިވަނީ 1 ގޯލް އެވެއެވެ. އެހެންކަމުން މެޗްގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހަިގެންނެވެ.
ރޭގެ މެޗުހައި ފުރަތަމަ ފެނިގެންދިޔަ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ ފުލަމް ގެ ފަރާތުންނެވެ. އެގޮތުން އެ ގޯލަކީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ފުލަމްގެ ޑިފެންޑަރު ކަލްވިން ބާސީ ޖަހައިދިން ލަނޑެކެވެ. މެންޗެސްޓަރ އެއްވަރު ކޮށްދިން ގޯލް ޖަހައިދިނީ މެޗުގެ 2 ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޕެނަލްޓީގައި، ފުލަމް އިން ވަނީ ހަތަރު ޕެ
ނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ލިންޑޮލޮފް އާއި ޒާކްޒީ ފޮނުވާލި 2 ފެނަލްޓީ ފުލަމްގެ ކީޕަރު ބާޑް ލެނޯ މަތަ ކުރުމާއެކު 3-4 ގެ ސްކޯއަކުން ފުލަމް އަށް ވަނީ ކުރި ލިބިފައެވެ.