މޫސާ ނައުޝާދުވަރުގަދަ ޖަރުމަނުވިލާތް ވޯލްޑް ކަޕުގެ ރައުންޑް އޮފް 32 ގައި ޕެރަގުއޭ އާއި ބައްދަލުކުރި މެޗުން ބަލިވެ ވޯލްޑް ކަޕް މުބާރާތުން ކަޓައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 އިން އެއްވަރު
ވުމާ ގުޅިގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ 2 ހާފުވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު މި މެޗުން ޖަރުމަނު ބަލިވީ ޕެނަލްޓީ އިންނެވެ.
އެމެރިކާގެ ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި މެޗުގެ ފުރަތަމަ ގޯލް ޕެރަގުއޭ އަށް ކާމިޔާބުކޮށްްދިނީ އެ ޓީމުގެ އެންސިސޯ އެވެ.
މެޗްގެ ނަތީޖާ އެއްވަރުވި ގޯލް ޖަރުމަނުވ
ިލާތަށް ކާމިޔާބުކޮށްދިނީ ފަހުހާފު ފެށިތާ ކުޑަވގުތުކޮޅެއްގެ ތެރޭގައި މެޗުގެ 54 ވަނަ މިނެޓްގައި ޖަރުމަނު ޓީމުގެ ހަވާރޓްޒް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 1-1 ގައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ 2 ހާފުގައިވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމާ ގުޅިގެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އެގޮތުން ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ ޖަރުމަނުގެ ކައި ހަވާޓްޒް އެވެ. ނަމަވެސް އޭނާގެ ޕެނަލްޓީ ޕެރައުއޭގެ ކީޕަރު އޮރްލާންޑޯ ގިލް ދިފާއު ކުރި އެވެ. އޭގެ ފަހުން ޕެރަގުއޭގެ މައުރީސިއޯ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް 1-0 ގެ ކުރިއެރުމެއް ހޯދައިދިނެވެ.
ޖަރުމަނުގެ 2 ވަނަ ޕެނަލްޓީ ޖެހީ އެ ޓީމުގެ ޖޯޝުއާ ކިމިޗް އެވެ. ޕެރަގުއޭގެ 2 ވަނަ ޕެނަލްޓީ ޖެހީ އެ ޓީމުގެ ގުސްޓާވޯ ގޯމޭޒް އެވެ.
ޖަރުމަނުގެ 3 ޕެނަލްޓީ ޖެހީ އެ ޓީމުގެ ޖަމާލް މުސިއާލާ އެވެ. ޕެރަގުއޭގެ 3 ވަނަ ޕެނަލްޓީ ޖެހީ ޕެރަގުއޭގެ މަޓިއަސް ގަލާރްޒާ އެވެ.
ނަމަވެސް ޖަރުމަނުގެ ނިކް ވޮލްޓެމޭޑް ފޮނުވާލި އެ ޓީމުގެ 4 ވަނަ ޕެނަލްޓީ ވަނީ ޕެރައުއޭގެ ކީޕަރު މަތަކޮށްފައެވެ. އަދި ޕެރަގުއޭގެ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި އެޓީމުގެ 4 ވަނަ ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ޖަރުމަނުގެ 5 ވަނަ ޕެނަލްޓީ އެ ޓީމުގެ ނަޑީމް އަމީރީ ވައްދާލައި ނަތީޖާ ހަމަހަމަކުރުމާއެކު ޕެރަގުއޭއަށް މޮޅުވާން ލިބުނު 5 ވަނަ ޕެނަލްޓީ އެޓީމުގެ ފަބިއާން ބަލްބުއޭނާ ފޮނުވާލުމާއެކު ޖަރުމަނުގެ ކީޕަރު ނޯޔާ ދިފާއުކުރުމުން 6 ވަނަ ޕެނަލްޓީ ކޮންމެ ޓީމަކަށްވެސް ވަނީ ލިބިފައެވެ.
ނަމަވެސް މެޗުގެ ނަތީޖާ ޖަރުމަނު ކޮޅަށް އަނބުރާލަން ދެން ފުރުސަތު ލިބުނު ޕެނަލްޓީ ޖޮނަތަން ޓާ އަށް ޖެހުނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެއާއެކު ޕެރަގުއޭގެ ޑިފެންޑަރު ހޯސޭ ކަނާލޭ ވަނީ އެ ޓީމުގެ 6ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، 4-3 އިން ޖަރުމަނުވިލާތް ބަލިކޮށް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.