23 އެޕްރިލް 2025

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މުޙައްމަދު ވިޝާން
15 ދުވަސް ކުރިން

މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި އަލީ ރަމީޒް ކުޅިވަރު އެކަޑަމީއެއް އުފައްދަވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފިއެވެ.

މަންފާ ޖަމިއްޔާގެ ފޭސްބުކުގައި ކޮށްފައި ފޯސްޓެއްގައި ބުނެފ TechWaves Box ައިވަނީ މަންފާ ޖަމިއްޔާ އިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅިގެން ކުޅިވަރު އެކަޑަމީއެއްގެ ފެށުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ

އަލްހަމްދުﷲ، މަންފާ ގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީ، އިންޝާﷲ،" އަލީ ރަމީޒުގެ މަންފާ ޖަމްއިއްޔާގެ ފޭސްބްކު ޕޯސްޓުގައިވެ އެވެ.

މަންފާ ޖަމްއިއްޔާގެ ރަސްމީ ފޭސްބްކު އެކައުންޓުން ކޮށ 3cx Box ްފައިވާ އެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ ފޮޓޯގައި އަލީ ރަމީޒާއެކު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަދި ކޯޗް މުޙައްމަދު ސާޖިދު (ކާއްޓޭ) ފެނިގެންދެއެވެ.

މަންފާ ޖަމިއްޔާ އަކީ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ސަލަފް ޖަމްއިއްޔާއިން ވަކިވުމަށްފަހު ދާދި ފަހުން ރަޖިސްޓަރީކުރި ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ މަގުސަދަނީ ދީނީ ކަންކަމުގައި އާއްމުން ހޭލުންތެރިކުރުވުމާއި، ދީނީ މިންގަނޑުގެ ތެރެއިން އިޖުތިމާއީ ހަރަކާތްތައް ހިންގުމެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙