މުޙައްމަދު ވިޝާންޣައްޒާ ހުސްކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަރަބި ލީގުގެ ފޮރިން މިނިސްޓަރުންގެ ސިއްރު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެބައްދަލުވުމަށް ފަހު މީޑިއާތަކަށް މިހާތަނަށް ހާމަވެފައިވާ މައުލޫމ
ާތުގައި ބުނެފައިވަނީ އެއީ ޣައްޒާގެ 2.4 މިލިއަން އާންމުން އެތަނުން ބޭރު ނުކޮށް، ހަނގުރާމައަށް ފަހު ޣައްޒާ އަލުން އާރާސްތުކުރުމަށާއި އެކަމާ ގުޅޭ މަޝްވަރާތަކަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އަދި އެ ބައްދުލުވުމުގައި މަޝްވަރާކޮށްފައިވަނީ އަންގާރަދުވަހު ބާއްވާ އަރަބި ސަމިޓް ސަމިޓަށް ހުށަހެޅުމެއް ހުށަހަޅަން ކަމަށާއި، އަދި އެ ބައްދަލުވުމުގެ ކުރިން މިސްރުގެ ފޮރިން މިިނިސްޓަރު ބަދުރު އަބުދުއްލަތީ ވަނީ އުރުދުން، ބަހްރެއިން، ޓިއުނީޝިއާ، އިރާގު އަދި ޔަމަނުގެ އިތުރުން ފަލަސްތީނުގެ އިސް ޑިޕްލޮމެޓާ އެކު ވަކިވަކިން ބައްދަލުކުރައްވައިފައި ކަމަށް ބުނެފައިވެއެވެ.
ޣައްޒާ ހުސްކޮށް އެތަނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން މިސްރާއި އުރުދުން އަށް
ގެންދިޔުމަކީ އެމެރިކާގެ ރައީސްގެ ތަސައްވަރެކެވެ. އަދި އެ ތަސައްވަރުގެ މައްޗަށް ބިނާކޮށް "ޓްރަމްޕް ޣައްޒާ" ގެ ނަމުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ އިންސްޓަގްރަމް އެކައުންޓުގައި ޣައްޒާ ބަދަލުވެގެންދާނެ ގޮތް ދައްކުވައިދޭ ވީޑިއޯއެއްވެސް ހިއްސާ ކުރައްވާފައެވެ.