މުޙައްމަދު ވިޝާންފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.
ފީފާ އިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލެމުގެ ދަށުން ބާއްވާ ކ
ޮންގްރެސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި، އެ ކޮންގްރެސްގައި އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމާއި، ،އެފްއޭއެމްއަށް އޮޑިޓަރުން ވެސް އޮންނާނެ ކަމަށް ކުލަބްތަކަށް އެފްއޭއެމް އިން ފޮނުވާފައިވާ ނޯޓިސްގައިވެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ނޯމަލައިޒް ކުރުމަށް ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގައި އެންމެ ފުރަތަމަ ތިއްބެވީ 5 ބޭފުޅުންނެވެ. ނަމަވެސް އެ ކޮމިޓީގެ ޗެއާމަން އަޙްހިމަދު ޒުހޫރާއި ކޮމިޓީގެ މެމްބަރު އަހުމަދު އަލީ މިހާރުވަނީ ފީފާއިން ވަކިކޮށްފައިވެ އެވެ.
ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ކަމުން އަޙްމަދު ޒު
ހޫރު ވަކިކުރެއްވުމަށްފަހު ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ކަމަށް ހަމަޖައްސާފައިވަނީ އެ ކޮމެޓީގެ މެމްބަރު މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒެވެ.