5 ޑިސެމްބަރު 2025

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

މުޙައްމަދު ވިޝާން
9 މަސް ކުރިން

އމެރެިކާ އާއި ކެނެޑާ އާއިދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެމެރިކާއިން ކެނެޑާގެ އިމްޕޯޓުތަކުން ނަގާ ބޮޑު ޓ TechWaves Box ެރިފްތަކާ ދެކޮޅަށް އެގައުމުން ކުރެވެންހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ކެނެޑާގެ ރައްޔިތުންނަކީ މަޑުމައިތިރި ބައެއް ނަމަވެސް ވަކިން ހާއްސަކޮށް ގައުމުގެ ދުޅަހެޔޮކަން ނުރައްކަލަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި ކުރިމަތިލުމަކުން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ޓްރޫޑޯ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، 25 އިންސައްތައިގެ ޓެރިފް ނެގުމަކީ ވަރަށް މޮޔަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ގާތް އެކުވެރިއެއް އަދި ބައިވެރިއެއް ކަމަށްވާ ކެނެޑާއިން 3cx Box 25 އިންސައްތަ ޓެރިފް ނަގަން ނިންމެވުމަށްފަހު  އެމެރިކާގެ ދުޝަމަނެއް ކަމުގައިވާ ރަޝިޔާ އާ އެކު ޓްރަމްޕް މަސައްކަތް ކުރުމުގެ ލޮޖިކްއާއި މެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެންމެ ގާތް ބައިވެރިޔާ އަދި އެކުވެރިޔާ، މިއަދު ވަނީ ކެނެޑާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފަށާފައި" ޓްރޫޑޯ ވިދާޅުވި އެވެ.

އެމެރިކާގެ އެ އަމަލާ ގުޅިގެން ކެނެޑާއިންވަނީ އެމެރިކާގެ 155 ބިލިއަން ޑޮލަރުގެ މުދަލުން 25 އިންސައްތަ ޓެރިފް ނަގަން ނިންމާފައެވެ. އެގޮތުން 30 ބިލިއަން ޑޮލަރުގެ މުދަލުން ވަގުތުން ޓެރިފް ނަގަން ނިންމާފައިވާއިރު ބާކީ 125 ބިލިއަން ޑޮލަރުގެ މުދަލުން 21 ދުވަހުގެ ތެރޭގައި ޓެރިފް ނަގަން ފަށާނެ ކަމަށާއި އެކަމުގެ ސަބަބުން ކެނެޑާގެ މެޓީރިއަލް އަށް ބަރޯސާވާ ސެކްޓަރ ތަކުގެ އިންފްލޭޝަން އުފުލި އެ ސެކްޓަރ ތަކުގައި ވަޒީފާ އަދާކުރާ އެމެރިކާގެ ރައްޔިތުންގެ ވަޒީފާތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ޓްރަމްޕް އަލުން ވިސްނުމަށް ގޮވާލައްވައިދެ ގައުމު ގުޅިގެން "އުތުރު އެމެރިކާގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް" މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޓްރޫޑޯ ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކެނެޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ވަނީ ފިޔަވަޅުތައް ވެސް އިއުލާނުކޮށްފަ އެވެ.

ޓްރޫޑޯ ވަނީ އިގްތިސާދު ހިމާޔަތް ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި ޓްރަމްޕް ބޭނުންފުޅުވަނީ ކެނެޑާގެ އިގްތިސާދު މުޅިން ފުނޑުފުނޑުވެގެން ދާތަން ދެކެން ކަމަށާއި އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން ކަމަށާއި ކެނެޑާ ދުވަހަކުވެސް އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ނުވާނެ ކަމުގެ ޔަގީންކަން ކެނަޑާގެ ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙