5 ޑިސެމްބަރު 2025

ބާކީ 9 މެޗް އޮއްވައި ލިވަޕޫލް އަށް 16 ޕޮއިންޓްގެ ލީޑެއް

މުޙައްމަދު ވިޝާން
9 މަސް ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ 9 މެޗް އޮއްވައި 16 ޕޮއިންޓްގެ ލީޑެއް ލިވަޕޫލް ހޯދައިވިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އާއި ބައްދަލުކުރި މެޗު 3-1 އިން ބަލި 3cx Box ކުރުމުން ލިބުނު 3 ޕޮއިންޓާއެކު 70 ޕޮއިންޓް ހޯދައިގެން ލިވަޕޫލް ލީގުގެ 1 ވަނާގައި އޮތީ 2 ވަނާގައި އޮތް އާސެނަލްއަށްވުރެ އިތުރަށް 16 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް އާސެނަލް އަށް 54 ޕޮއިންޓް ލިބިފައިވަނީ ލިވަފޫޅްއަށްވުރެ 2 މެޗް މަދުން ކުޅެގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ސައުތެމްޓަން އިންނެވެ. އެ ގޯލަކީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ސައުތެމްޓަން ގެ ވިލް ސްމޯލްބޯން ކާމިޔާބްކޮށްދިން ގޯލްއެކެވެ.

މެޗުގެ 51 ވަނަ މިނެޓްގައި ޑާވިން ނުނޭޒް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށް TechWaves Box ދިން އިރު، އޭގެ 3 މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 3 ވަނަ ގޯލަކީ މެޗްގެ 88 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީއަކުން ސަލާހް ކާމިޔާބުކޮށްދިން ގޯލެކެވެ.

 

An error has occurred. This application may no longer respond until reloaded. Reload 🗙