26 މާރޗް 2025

މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން އެ ކުލަބުގެ ވެރިންނާ ދެކޮޅަށް އިހުތިޖާޖު ކޮށްފި

މުޙައްމަދު ވިޝާން
16 ދުވަސް ކުރިން

މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން އެ ކުލަބުގެ ވެރިންނާ ދެކޮޅަށް އިހުތިޖާޖު ކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު އާސެނަލ 3cx Box ްއާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އެތައް ހާސް ސަޕޯޓަރުން ވަނީ އެ ކްލަބުގެ ވެރިންނާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.

އިހްތިޖާޖުގެ ބައިވެރިން ގްލޭޒަރ ޢާއިލާއަށް ރުޅިވެރި ބަސްތަށް އަމާޒުކުރިނަމަވެސް ސްޓޭޑިއަމް އާއި މޭލަކަށްވުރެ ދުރުން ފެށި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ރުޅިވެރިކަން އަމާޒުކޮށްފައިވަނީ ކޯ އޯނަރު ސަރ ޖިމް ރެޓްކްލިފް އަށެވެ.

1958 ވަނަ އަހަރުގެ ފޭން ގްރޫޕުން އިންތިޒާމުކުރި މި އިހްތިޖާޖް ގައި TechWaves Box ބައިވެރިވި ގިނަ ސަޕޯޓަރުން ތިބީ ކަޅު ކުލައިގެ ހެދުމުގައެވެ. އެގޮތުން ކަޅު ހެދުމުގައި ތިބެ އިހްތިޖާޖުގެ ބައިވެރިން ވަނީ މިހާރު އޮތް އޮނިގަނޑުގެ ދަށުން ކްލަބް "މަޑުމަޑުން މަރުވަމުންދާ" ގޮތް ސިފަ ކޮށްދީފައެވެ.

މިދިޔަ ފެބްރުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑްގެ 30 އިނސައްތަ ހިއްސާ ގަނެގެން ކޯ އޯނަރަކަށްވި ރެޓްކްލިފް ވަނީ ސަޕޯޓަރުން ނުރުހޭ ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ހޯމް ޓިކެޓުގެ މިޑް ސީޒަން ޓިކެޓް މެޗަކަށް 66 ޕައުންޑަށް ބޮޑުކުރުން ހިމެނެ އެވެ.

ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ މެޗުގެ ކުރިން ސަޕޯޓަރުން އިހުތިޖާޖު ކުރުމުގެ ހައްގު ދިފާއުކޮށް އާސެނަލްއާ 1-1 އިން އެއްވަރުވި މެޗަށް ފަހު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މި ކްލަބް ދުވަހަކުވެސް މަރުނުވާނެ ކަމަށާއި، އެކަން ވަރަށް ސާފު ކަމަށެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް ސްކައި ސްޕޯޓްސްއަށް ބުނީ ސަޕޯޓަރުން ތިބީ ހަގީގަތުގައި ވެސް ރުޅި އައިސްފައި ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙