26 މާރޗް 2025

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މުޙައްމަދު ވިޝާން
16 ދުވަސް ކުރިން

އެމެރިކާގެ ޗިކާގޯއިން އިންޑިއާގެ ދިއްލީ އަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި އެމެރިކާގެ ޗިކާގޯއަށް ޖައްސައިފި އެވެ.

މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު (މާރިޗް 6) ޗިކާގޯއިން ދިއްލީއަށް ދަތުރުކުރަމުން 3cx Box ދިޔަ އެއާ އިންޑިއާގެ ފްލައިޓް ފުތިތާ 10 ގަޑިއިރުފަހުން އެނބުރި ޗިކާގޯއަށް ޖައްސަން ޖެހުނީ ފްލައިޓް ގައި ހުރި ފާނާ ތައް ބްލިކްވެ ބޭނުން ނުކުރެވުމާ ގުޅިގެން ޕަސިންޖަރުންގެ މެދުގައި ހަމަނުޖެހުންތަށް ހިނގަން ފެށުމާ ގުޅިގެން ކަމަށް ރިޕޯޓު ތަށް ބުނެފައިވެއެވެ.

އެގޮތުން ނިއުސް އެޖެންސީ ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮއިންގް 777-300 އީއާރް މަތިންދާބޯޓުގައި އާންމުގޮތެއްގައި 340 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރެވޭއިރު، އެ މަތިންދާބޯޓުގައި ހުންނަނީ އެންމެ 10 ފާހާނާ ކަމަށާއި އޭގެ ތެރެއިން ދެ ފާހާނާ އަކީ ހަމައެކަނި ފަސްޓް ކްލާސް ދަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ފާހާނާތަކެއް ކަމަށް ބުނެފައިވެއެވެ.

އިތުރަށް ޕީޓީއައި އިން ރިޕޯޓްކޮސްފައިވާ ގޮތުގައި މުޅި މަތިނ TechWaves Box ްދާބޯޓުގައި މަސައްކަތް ކުރަމުން ދިޔައީ އެންމެ ފާޚާނާއެއް ކަމަށާއި، އެކަމާ ގުޅިގެން ޕަސިންޖަރުން ގޮނޑިތަކުން ތެދުވެ އެކަކު އަނެކަކާ ދެމެދު ކުދިކުދި ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކޮށްފައިވާ ފްލައިޓްގައި ހިނގި ހަމަނުޖެހުންތަކުގެ ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓުގައި ބައެއް މީހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި، ބައެއް މީހުން އެކަކު އަނެކަކާ ޖަދަލު ކުރެ އެވެ.

އަދި ފްލައިޓް ކެންސަލް ކުރުމުން ހުރިހާ ފަސިންޖަރުންނަށް ވެސް ފުރިހަމަ ރިފަންޑު ދިނުމާއި ހިލޭ ރީޝެޑިއުލް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙