11 އެޕްރިލް 2025

ސުޕްރީމް ކޯޓުގެ ބެންޗު ދަށްކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިސްއަށް

އަޙްމަދު ފައުޒާން
1 މަސް ކުރިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާ ބިލު ތަސްދީގުނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ވެބް TechWaves Box ސައިޓްގައި ދެންމެ ވަނީ އެ ކަން ހާމަކޮށް އެ ހަބަރު ޝާއިއުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ގާނޫނު ބަދަލުކުރީ މިދިޔަ މަހު 26ގަ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ފާސްކުރި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މ 3cx Box ެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުންނެވެ. މަޖިލީހުގައި ބިލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް މެންބަރުންނަށް އެންގެވީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ލީޑާޝިޕުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ބިލެއް ފާސްކުރީ، ޕާޓީން ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި މާއްދާތައް ބާތިލްކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ގާނޫނުއަސާސީގައި ހިމެނި މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް އަޑުއެހުމުގެ ކުރިއަށް ބިލު މަޖިލީހުން ފާސްކުރި އެވެ. އަދި އެ ދުވަހު ތިން ފަނޑިޔާރަކު ސަސްޕެންޑް ވެސް ކުރި އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މިދިޔަ ހަފުތާ އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. ހުސްވި މަގާމަށް ކުރިމަތިލާން އިއްޔެ ހުޅުވާލި އެވެ. ހުޅުވާލީ މާދަމާ މެންދުރުގެ ނިޔަލަށެވެ.

ދެން ސަސްޕެންޑްކުރި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙