ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަ
ނީ އަންގާރަ، ބުދަ މި ދެދުވަހުވެސް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.
މިރޭގެ ދަންވަރު 1:30 އިން ފެށިގެން ހެނދުނު 6:30 ގެ ނިއަލަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ.
ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖޭގެ އި
ރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.