13 އެޕްރިލް 2025

ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި

މުޙައްމަދު ވިޝާން
1 މަސް ކުރިން

ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޒަމާނީ ވަޞީލަތްތަކާއެކު TechWaves Box ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ފެނަކަ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއިދެމެދު ވެވުނު އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާ ބެހޭ މިނިސްޓަރ ހައިދަރު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް އެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ތަރައްގީ ކުރާ އެކަމަޑޭޝަން ޚިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައިވާކަމަށާއި، އެތަން ތަރައްގީ ކުރަނީ ޝެއަރިންގ 31 ރޫމް އާއި، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާގޮތަށް ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙