މުޙައްމަދު ވިޝާންޕީއެއްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ލިވަޕޫލް ކަޓައިފި އެވެ.
ރޭ ޕީއެސްޖީ އާއި ދެކޮޅަށް ލިވަޫލް ކުޅުނު 1-1 ގެ އެގް
ރިޓް ނަތީޖާއަކުން ނިމުމާ ގުޅިގެން ކުޅުނު އިތުރުވަގުތުގެ 2 ހާފް ގައިވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާތީ ޕެނަލްޓީ ޝޫޓް އައުޓަށް ވަނީ ގޮސްފައެވެ.
ރޭގެ ޕެނަލްޓީ ސޫޓް އައުޓް ގައި ޑޮނަރުއްމާ ވަނީ ލިވަޕޫލްގެ ޑާވިން ނުނެޒް އާއި ކާޓިސް ޖޯންސްގެ ޕެނަލްޓީ، މަތަކޮސްފައެވެ. އެގޮތުން ނުނެޒްގެ ޕެނަލްޓީ މަތަކުރުމުން ޕީއެސްޖީ މެޗު ކާމިޔާބު ކުރަން ފުރުސަތު ލިބުނީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޑިޒަޔާ ޑޫއީ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްދިނުމާ ގުޅިގެންނެވެ.
އެހެންކަމުން އިނގިރޭސި ޕްރިމިއާ ލީގުގ
ައި 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އޮތް ލިވަޕޫލް އަށް މި ސީޒަން ގައި 3 ތަށި ހޯދުމުގެ ފުރުސަތު މިހާރުވަނީ ގެއްލިފައެވެ.