މުޙައްމަދު ވިޝާންފްޓްބޯޅައިގެ ކުރީގެ މަޝްހޫރު ތަރި ރޮނާލްޑޯ ބްރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާ (ސީބީއޭއެފް) ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންގޮސްފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮސްފައިވާ ގޮތުގައި ރޮނާލްޑޯ ބް
ރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާގެ ރައީސް ކަމުގެ އިންތިހާބުން ވަކިވީ ބްރެޒިލްގެ ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ތާއީދު އޭނާ އަށް ނުލިބުނުންނެވެ.
ސްޕއިންގެ ލަލީގާގެ ކްލަބް، ރެއާލް ވަޔަޑޮލިޑްގެ ރައީސްކަން ވެސް ކުރާ ރޮނާލްޑޯ، ބުނެފައިވަނީ އިންތިހާބީ ކޮންގްރެސް މެންބަރުންގެ 27 އެސޯސިއޭޝަންތަކުގެ ތެރެއިން 23 އެސޯސިއޭޝަނަކުން އޭނާ އަށް ދޮރު ބަންދުކޮށްފައިވާ ކަމަށާއި، އެ މީހުން އެތިބީ މިހާރުގެ ލީޑާޝިޕް އަލުން އިންތިހާބު ކުރުމަށް ތާއީދުކޮށްގެން ކަމަށާއި، ސަރަހައްދީ ފެޑެރޭޝަންތަކުން އެ މީހުންގެ ހޯމްގެ ގޮތުގައި ބަލާ އިދާރާ އަށް އޭނާ އަންނަން ބޭނުން ނުވީ ކަމަށެވެ.
އިތުރަށް ރޮނާލްޑޯ ބުނީ އޭނާގެ ތަސައްވަރު އެ މީހުންނަށް ހުށަހަޅުމުން އެމީހުންނަށް
އެކަން ކަމުދާ ކަމަކަށް ނުވީ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮންލްޑޯގެ ހުށަހެޅުމުގެ އެންމެ ހާއްސަކަމަކީ ބްރެޒިލްގެ ގައުމީ ޓީމު ރިފޯމް ކުރުމާއި، އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންދިއުން ކަމަށެވެ.
އިންތިހާބުގައި މިހާރު ވާދަކުރާނެ ހަމައެކަނި ކެންޑިޑޭޓަކީ ބްރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާގެ ވަގުތީ ރައީސްގެ މަގާމު އަދާކުރަމުންދާ އެޑްނާލްޑޯ ރޮޑްރިގޭޒް އެވެ.