އަޙްމަދު ފައުޒާންސްޓެލްކޯއަށް ފައިދާވަމުންދާ މިންވަރު އަހަރުން އަހަރަށް ދަށްވަމުން ދިއުމަށް ފަހު މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފ
ަހުމީ މިއަދު ވަނީ "އެކްސް'' ގައި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ފާއިތުވި 7 އަހަރުގެ އަހަރީ ތަފާސް ހިސާބުތައް ހާމަކުރައްވައިފަ އެވެ.
އެގޮތުން 2018 އިން ފެށިގެން 2020 އަށް އަހަރުން އަހަރަށް ފައިދާވަމުންދިޔަ މިންވަރު އިތުރުވަމުން ދިއުމަށް ފަހު 2021 އަދި 2022 ވަނަ އަހަރު ފައިދާގެ މިންވަރު ވަނީ ދަށަށްގޮސްފަ އެވެ. އަދި 2023 ވަނަ އަހަރު ސްޓެލްކޯ ހިންގީ ގެއްލުމުގަ އެވެ.
ނަމަވެސް މިދިޔަ އަހަރު ސްޓެލ
ްކޯއި 138 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފަ އެވެ. މިއީ ރެކޯޑް ފައިދާގެ އަދަދެކެވެ.