6 އެޕްރިލް 2025

މުދަލުގައި އަގުޖަހަން އަންގައިފި

މުޙައްމަދު ވިޝާން
13 ދުވަސް ކުރިން

ކުޅުދުއްފުށި ސިޓީގެ ފިހާރަތަކުން ވިއްކާ މުދަލުގައި އަގުޖަހާފައި ބެހެއްޓުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި TechWaves Box ބުނެފައިވަނީ އެ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އެ ސިޓީގެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ ކަމަށެވެ.

      އަދި ކުޅުދުއްފުށި ސިޓީގައި މުދާ 3cx Box ވިއްކާ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުކަންދެއްވާ، ވިއްކާ މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ވިއްކަން ބަހެއްޓުމަށް އެ ކައުންސިލްގެ އިއުލާނުގައި ވަނީ އަންގާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙