6 އެޕްރިލް 2025

ބިންހެލުމުގައި މިޔަންމާއިން މަރުވިމީހުންގެ އަދަދު 2000 އަށް އަރާފާނެ ކަމަށް އަސްކަރީ ސަރުކާރުން ބުނެފި

މުޙައްމަދު ވިޝާން
6 ދުވަސް ކުރިން

މިއަންމާ އާއި ތައިލެންޑަށް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،700 އިން މައްޗަށް އަރައިފި އެވެ.

TechWaves Box  

ރެކްޓަރ މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބާރުމިނިގައި މިޔަންމާ އަށް އައި ބާރުގަދަ ބިންހެލުމުހގައި މަރުވި މީހުންގެ އަދަދު 2000 އަށް އަރާނެކަމަށް ލަފާކުރެވޭކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފިއެވެ. 
އެ ގައުމުގެ އަސްކަރީ ސަރުކާރުން ބުނީ ބިންހެލުމުގައި މިހާތަނަށް 1،700 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ލިބިފައިވާއިރު 300 މީހުން ގެއްލިގެން ރިޕޯޓް ކޮސްފައިވާ ކަމަށެވެ.

މިޔަންމާ އަށް އައި ބާރުގަދަ 3cx Box ބިންހެލުމުގެ އަސަރު ތައިލެންޑަށާއި އިންޑިއާގެ އިތުރުން ޗައިނާއަށްވެސް ކޮށްފައިވެއެވެ.

މި ބިންހެލުމުގައި މިޔަންމާގެ އެތަށް އިމާރާތްތަކެއް ބިމާ ހަމަވެ އެ ގައުމުގެ މަގިތަށް ހަލާކުވެ އެހީތެރިކްން ފޯރުކޮށްދިނުމަށްވެސް ވަނީ ވަރަށްބޮޑަށް ހުރަސްއެޅިފައެވެ. މީގެ އިތުރުން އަވަށްޓެރި ތައިލެންޑުންވެސް ވަނީ މި ބިންހެލުމުގައި 18 މީހުން މަރުވެ ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

އަދި ތައިލެންޑުގެ ވެރިރަށް ބެންކޮކުން 78 މީހަކު ގެއްލިގެން ރިޕޮޓްކޮށްފައިވާކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙