ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޔުނިވަރސިޓީ އޮފް ލީޑްސް އަށް ޒިޔާރަތްކުރައްވައި އެވެ.
އިނގިރޭސިވިލާތައް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސ
ް ޑރ މުއިއްޒު އެ ޔުނިވާސިޓީއަށް މި ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖެ އާއިއެކު އެ ޔުނިވަރސިޓީ އިން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރައްވާފައި ވެއެވެ.
ލީޑްސް ޔުނިވަރސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، އެމް.ޕީ އެލެކްސް ސޯބެލް އާއި އެ ޔުނިވަރސިޓީގެ ޕްރޮވެސްޓް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހައި-ސުއި ޔޫ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަކީ ސިވިލް އެންޖި
ނިއަރިންގެ ދާއިރާއިން 2009 ވަނަ އަހަރު އެ ޔުނިވަރސިޓީ އިން ޕީ.އެޗް.ޑީ ހާސިލުކުރެއްވި، ލީޑްސް ޔުނިވަރސިޓީގެ އިސް ދަރިވަރެކެވެ.
1904 ވަނަ އަހަރު ޤާއިމުކުރި ޔުނިވަރސިޓީ އޮފް ލީޑްސް އަކީ، އިނގިރޭސިވިލާތައި މަތީ ތަޢުލީމު ފޯރުކޮށްދޭ އެންމެ ރަނގަޅު މަރުކަޒުތަކުގެ ތެރޭގައި ގުނާލެވޭ މަރުކަޒެކެވެ.