2 ޖޫން 2026

މީ ކަންކަން އިންތިހާއަށް ދަތިކޮށްފަ ހެޔޮފުޅުކަން ދަށްކަން ލުއިދޭ ސަރުކާރެއް؛ ރައްޔިތަކަށް ފައިދާވާނެ އެއްވެސްކަމެއް ނުކުރޭ: ރައީސް ނަޝީދު

މުޙައްމަދު ވިޝާން
4 ގަޑިއިރު ކުރިން

ރައީސް މުއިއްޒު ސަރުކާރަކީ ކަންކަން އިންތިހާއަށް ދަތިކޮށްފަ ހެޔޮފުޅުކަން ދަށްކަން ލުއިދޭ ސަރުކާރެއް ކަމަށާއި ރައްޔިތަކަށް ފައިދާވާނެ އެއްވެސްކަމެއް މި ސަރުކާރުން ނުކުރާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި TechWaves Box ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ކަމަކީ ޒާތީ ދިރިއުޅުމާ ގުޅިފަ ހުންނަ ކަން ހައްދެއް ނެތް މިންވަރަށް މަނާކުރުމަށްފަހު ލުއި ދެއްވުން ކަމަށެވެ. 

އަދި އެކަން ކުރައްވަނީ ރައްޔިތުންނަށް ލުއިދެއްވާކަން ދެއްކުމަށް ކަމަށާއި އެގޮތުން ކުރިން މަނާކުރިކަންކަން ބަދަލުކޮށް ހެޑްލައިން ހެދުން ފިޔަވައި ރައްޔިތަކަށް ފައިދާއެއްކުރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ސިނގިރެޓް ނުބޮވޭވަރަށް އަގު ބ 3cx Box ޮޑުކޮށް، ވޭޕް އަކީ ހަމައެކަނި ބްލެކް މާކެޓްގައި ލިބޭ އެއްޗަކަށް ހެދުމަށްފަހު މި ސަރުކާރުން މިހާރު ކުރަމުންއަންނަ މަސައްކަތަކީ، ޝީޝާ ބޭނުންކުރުމާއި ސްމާޓް ފޯނު ބޭނުންކުރުން މަނާކުރަން ފިޔަވަޅުތައް އެޅުން ކަމަށެވެ.

ނަމަވެސް އެކަންކަމަކީ ޒާތީ ދިރިއުޅުންތެރެއަށް ހައްދެއް ނެތް މިންވަރަށް ސަރުކާރުން ވަނުން ކަމަށާއި، އެއަށްފަހު ދެންހައްދަވާ ގޮތަކީ ލުއިދެއްވާކަން ދެއްކުމްށް ކުރިން މަނާކުރި ކަންކަން ބަދަލުކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙