7 ޖޫން 2026

ކުރިން ސަރުކާރަށް ދިން ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ދިނުމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ ކަމަށް!

މިނިވަން
12 ގަޑިއިރު ކުރިން

2024 ވަނަ އަހަރު ބޭއްވިު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރުދާއިރާގެ ގޮނޑި ޕީއެންސީއަށް ދިނުމަށްފަހު އޭގެ 2 އަހަރު ފަހުން އިދިކޮޅު އެމްޑީޕީއަށް އެ ގޮނޑި ދިނުމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް އައްޑޫ ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ ކަމަށެވެ.

އިއްޔެ ބޭއްވި އައްޑޫ ހިތަދޫ އ TechWaves Box ުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރީ ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއެވެ.

އެ ދާއިރާގެ އިންތިހާބު ބާއްވަން ޖެހުނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ސިނާން (ސިނާ) ގެ ސާބިތު ދަރަންޏެއްގެ މައްސަލާގައި މި އަހަރުގެ އޭޕްރީލް މަހު އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އައްޑޫގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ހޮވިފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ 3cx Box . މި އިންތިޚާބުގައި އޭނައާ ވާދަކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުއެވެ. ޢަބްދުﷲ ޞާދިޤަށް 1375 ވޯޓު ލިބިފައިވާއިރު އަޙްމަދު ސަޢީދަށް ލިބިފައިވަނީ 1313 ވޯޓެވެ. އެގޮތުން ޕީއެންސީއަށް ލިބިފައިވަނީ ވޯޓްލީ މީޙުންގެ 49 އިންސައްތަ އެވެ. އިދިކޮޅު އެމްޑީޕީ އެ އިންތިހާބު ކާމިޔާބުކުރީ 51 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ބައި އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި ފޮށިތަކުން މެޖޯރިޓީ ލިބިފައިވަނީ ޕީއެންސީއަށެވެ. އެގޮތުން ބައި-އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި 4 ވޯޓު ފޮށިން 34 ވޯޓުން ކުރި ލިބިފައިވަނީ ޕީއެންސީއަށްކަން ފާހަގަކުރައްވައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރ ރާފިއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މަޖިލީސް ގޮނޑި ހުސްވުމާއި ގުޅިގެން ސަރުކާރުން ވަނީ އެދާއިރާއަށް އަލުން ކުރިމަތިލާ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މިނިސްޓަރ ޢަބްދުﷲ ރާފިޢު ވިދާޅުވީ، ސަރުކާރުން ކުރި މަސައްކަތް ހިތަދޫގެ ރައްޔިތުން ބަލައިގެންފައިވާކަން ފެނިގެންގޮސްފައިވާކަމަށެވެ. 

An error has occurred. This application may no longer respond until reloaded. Reload 🗙