27 ޖޫން 2026

މަސްތުވާތކެއްޗާއެކު 2 ދިވެހިންނާ އިންޑިއާ މީހަކު ނައިފަރުން ހައްޔަރުކޮށްފި

މޫސާ ނައުޝާދު
13 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ނައިފަރުން 3 މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ގެ އެއްގައ 3cx Box ި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ މިމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރުގެ ދަށުން ނައިފަރު ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައި ކަމަށާއި، އެހެންކަމުން މި މައްސަލައާ ގުޅިގެން ޅ.ނައިފަރު / ނޭޒާ، އާދަމް ޙަސަންފުޅު، (41އ) އާއި ޅ.ނައިފަރު / މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ) އާއި ސޭމް ސަޖޫ، އިންޑިއާ (28އ) ހައްޔަރުކޮސްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމ TechWaves Box ެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙