27 ޖޫން 2026

މަސްތުގެ ހާލުގައި ތިބި ޒުވާން 2 އަންހެނަކާއި 2 ފިރިހެނުން ހައްޔަރުކޮށްފި

މޫސާ ނައުޝާދު
9 ގަޑިއިރު ކުރިން

މަސްތުގެ ހާލުގައި ތިބެ އަޑުގަދަކޮސް ހަމަނުހުންހިންގި ބަޔަކު ހުޅުމާލެ ފޭސް 1 އިން މިއަދުގެ ހެނދުނު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ގެއެއްގެ ތެރޭގައި ބަޔަކު އަ 3cx Box ޑުގަދަކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓެއް މިއަދުގެ ހެނދުނު 6:05 ގައި ލިބިގެން އެތަނަށް ދިޔައިރު މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން އެތަނަށް ދިޔައިރު ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއްވެސް އެތަނުން ފެނިފައިވާ ކަމަށާއި، މަސްތުގެ ހާލުގައި ތިއްބައި އެތަނުން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ 2 އަންހެނުންނާއި އުމުރުން 34 އަހަރާއި، 24 އަހަރުގެ 2 ފިރިހެން ކަމަށްވެސް ފުލުހުން ބުނެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙