މޫސާ ނައުޝާދުރަށްރަށުގެ ކުރިއެމާއި ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އިޤްތިޞާދީ ބާރަކީ ކުދި ވިޔަފާރިތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމްކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިނަލްއަގުވާމީ ދުވަހާ
ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ރަށްރަށުގެ ކުރިއެމާއި ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރާއްޖޭގެ އިޤްތިޞާދުގެ ބާރު ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައިވެސް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ގުޅިފައިވަނީ، ރަށްތަކުގައި ކުރިއެރުން ހޯދައިދީ ފުރުޞަތުތައް ތަނަވަސްކޮށްދޭ އެތައް ހާސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކަމަށެވެ.
އެގޮތުން ސަގާފީ ތަރިކައާ ގުޅުންހުރި ވިޔަފާރިވެރިތަކަށް އެހީތެރިވެދޭ ސަގާފީ މަރުކަޒުތަކުން
ފެށިގެން، ކްރިއޭޓަރ ހަބް، އެސް.އެމް.އީ ޑިޖިޓަލް ފައިނޭންސިން، އަދި އަލީބާބާ އާއި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމުގެ ފުރުޞަތު ހުޅުވާލުމާއެކު، ކުދި ވިޔަފާރިތަކުން ކުރިއރުމުގެ އައު ހަރުފަތްތަކެއް ގިރާކޮށް ފައިކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.