މުޙައްމަދު ވިޝާންހިކިމަހާއި ރިހާކުރާއި މަސްމިރުސް އުފައްދާ ކާރުހާނާއެއް ކަނޑުއޮތްގިރީގައި މިފްކޯއިން ހުޅުވައިފި އެވެ.
ކަނޑުއޮތްގިރީގައި އޮތް ރަސްމިއްޔ
ާތެއްގައި އެ ކާރުހާނާ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.
މިފްކޯއިން ބުނީ މި ކާރުހާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން މިހާރު ވަނީ ފަށާފައި ކަމަށާއި، އަދި ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް ތައްޔާރުކުރަން ފަށާނެކަމަށެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަނަސް ވިދާޅުވީ، މި ކާރުހާނާ އ
ަކީ މިފްކޯގެ އައު އުފެއްދުންތަށް ގައުމީ ބާޒާރަށް ނެރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުއެއް ލިބޭނެ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ އަނަސް ވިދާޅުވި އެވެ.