މުޙައްމަދު ވިޝާންމިއަހަރުގެ މިހާތަނަށް ސައިބާ ކުރައިމްގެ މައްސަލަތައް 105 އިންސައްތަ އިތުރުވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި
ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު ވަނީ 105 އިންސައްތަ އިތުރު ވެފައި ކަމަށާއި، އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ސައިބާ ކްރައިމްގެ 512 މައްސަލަ ހުށަހަޅާފައިވާއިރު 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އަރާފައެވެ.
އަދި ފުލުހުން ބުނެފައިވަނީ މިއަހަރު 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައި ކަމަށާއި، މީގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.
ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމ
ުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ.