މުޙައްމަދު ވިޝާންމިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އޮރިޔާންކާޑް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ކުއްތަށް މަދުވެ އޮންލައިން ޝޮޕިންގ ސްކޭމް އިތުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހ
ަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު ވަނީ 105 އިންސައްތަ އިތުރު ވެފައެވެ.
ނަމަވެސް އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް މަދުވެފައިކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ރިޕޯޓް ކުރި އަދަދުވަނީ 86 އިން 464 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަގ 439 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15
އިން 109 އަށް އިތުރުވެފައިވާއިރު މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 އިންސައްތަ ވަނީ އިތުރުވެފައެވެ.