15 ޖުލައި 2026

އިގްތިސާދުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އަމީރަކަށް ނޯންނާނެ: އިކޮނޮމިކް މިނިސްޓަރ

މުޙައްމަދު ވިޝާން
8 ގަޑިއިރު ކުރިން

ރާއްޖޭގެ އިގްތިސާދުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އަށް ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން TechWaves Box އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެ ދަރުވާލުމުގެ އަސްލު މޭސްތިރިއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް އަމީރުކަމަށާއި، އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ހައްގު އަމީރު އަށް ނޯންނާނެ ކަމަށެވެ.

އަދި މިނިސްޓަރު ސައީދު ވިދަޅުވީ ރާއްޖެ މިހިސާބަށް ވައްޓާލާފައި އެއޮތީ އަމީރުގެ ޒިންމާގެ ދަށުން ކަމަށާއި، ދެން ލައިގެން ހުރި ގަމީސް އަނެއް ފަރާތަށް ބަދަލުކުރެއްވުމަކުން އަމީރު އަކީ އިގްތިސާދުގެ ވާހަކަދައްކަން ރަނގަޅު މީހަކަށް ނުވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީޯ ފައިސާ ޗާޕުކުރީމަ ޑޮލަރުގެ އަގު އަރައި ދިވެހި ރުފިޔާ އަގު އ 3cx Box ަރާނެކަމަށް އިލްޔާސް ލަބީބުވެސް ރައްޔިތުންގެ މަޖިލީހުގައި އޭރު ވިދާޅުވަމުން ގެންދެވި ކަމަށާއި އަދި އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔައިރު، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމްވެސް ދިޔައީ އަމީރު އާއި ސްވާލުކުރައްވަމުން ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙