16 ޖުލައި 2026

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އޮންލައިންކޮށް ގޯތި ހަވާލުކުރަން ފަށައިފި

މުޙައްމަދު ވިޝާން
15 ގަޑިއިރު ކުރިން

ބިންވެރިޔާ ސްކީމްގެ ދަށުންގެ ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރިކަމުގެ ލިިޔުން އޮންލައިންކޮށް ހަވާލުކުރަން ފަށާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފި އެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލާ ގ TechWaves Box ުޅިގެން، ގުޅީފަޅޫން ލިބޭ ގޯތީގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި އަލުން ވަނީ ގުރުއަތު ނަގާފައެވެ. އަދި ފަހުން ކަނޑައެޅުނު ޕްލޮޓް ތަކާ އެއްގޮތަށް ރަޖިސްޓްރީވެސް މިސަރުކާރުން ވަނީ ދޫކޮށްފައި ވެއެވެ.

އަދި އެއަށްފަހު ގުޅީފަޅުން ގޯތި ލިބުނު ފަރާތައްގުޅީފަޅަށް ގެންގޮސް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދިޔަ ނަމަވެސް ގޯތި ލިބުނު ފަރާތްތަކުން އެކަށީގެންވާ ގޮތަށް އެ މަސައްކަތަށް އެއްބާރުލުން ލިބިފައިނުވާތީ ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު މިހާރު ވަނީ ހުޅުވާލާފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް، 'ހިޔާވަހި ޕޯޓަލް' 3cx Box އަށް އީފާސް މެދުވެރިކޮށް ލޮގިން ވުމުން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެ ކަމށެވެ. އަދި 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' ވެސް އެ ބައިން ޑައުންލޯޑް ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ގޯތި ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެއްލެވުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމެނިފައިވާނެ ކަމަށާއި، މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙