މުޙައްމަދު ވިޝާންމަސްތުވާތަކެތި ބޭނުންކުރުމުގެ ޙިދުމަތްދޭތީ މަރަދޫއިން ބަންދުކުރި ގެއަށް ވަދެތިބި 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާ
ރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާއި ގުޅިގެން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްްފައިވާ އެރަށު އުންމީދު ގެއަށް ވަދެ ތިބި 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ ރަށު އުންމީދުގެ ބަންދުކުރަނ
ް މަރަދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްްފައިވަނީ 15 ވަނަ ދުވަހު އެވެ.
އެ ގެއަށް ކޯޓު އަމުރާ ހިލާފަށް ވަދެތިބި 2 މީހުން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެ މީހުން ބަންދުކުރުމަށް އަމުރުކޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.