21 ޖެނުއަރީ 2025

ޖޭޕީން އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި: އަލީ ސޯލިހު

މިނިވަން
2 އަހަރު ކުރިން
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރައްވާނެ ކަމަށާއި، ނަމަވެސް އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި ކަމަށް ޕާޓީން ބުނެފިއެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ކައުންސިލް މެމްބަރު އަދި ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ދެރައެއްވާ އެއްވެސް ކަމެއްގައި އިސްވެ ބައިވެރިނުވާނެ ކަމަށެވެ. "އަޅުގަނޑުމެން އިންތިހާބުގައި ވާދަކުރާނަން. އަޅުގަނޑުމެންގެ އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި، އެއީ ގިނިކަންޏާތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ މިހާރު އޮތް ކޯލިޝަންގެ ތެރެއިންތޯ" އަލީ ސޯލިހު ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިވެރިއެކެވެ. ޖުމްހޫރީ ޕާޓީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ 2023 އަށް ތައްޔާރުވުމަށް ޕާޓީގެ ހިންގުން ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ކޯލިޝަނަކާއެކު ވެރިކަމަށް އާދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހު ވާދަކުރެއްވުމާ ނުކުރެއްވުމުގެ ބާރު އޮތީ ގާސިމް ނިންމަވާ ގޮތަކަށް ކަމަށެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙