ހަބަރު

ވޭޕްކުރި 11 މީހުން ޖެނުއަރީ މަހު ޖޫރިމަނާކުރި: ފުލުހުން
ވޭޕް ބޭނުންކުރި 11 މީހުން ޖެނުއަރީ މަހުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޖެނުއަރީ 21 ގެ ނިއަލަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރު: ފިނޭންސް
ޖެނުއަރީ 1 އިން ފެށިގެ 23 ގެ ނިއަލަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ތޮއްޑޫގައި ވާ މަރަން ސިފައިން ބަޑިޖަހަން ފަށައިފި
އއ.ތޮއޑޫގައި ވާ މަރަރަން ސިފައިން ބަޑިޖަހަން ފަށައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
ރާއްޖެ ޓީވީން ގެނެސްދިން ކޮންޓެންޓެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައި، އެކަން އެ ޓީވީ ސްޓޭޝަނަށް އިއްޔެ އަންގައިފި އެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދުރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.

ފަޒުލް ދިރިއުޅޭގެއިން ގެންދިޔަ ފައިސާ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަނބުރާ ޚަވާލުކޮށްފި: ފުލުހުން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުން އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

އަދުހަމްގެ އިސްތިޢުނާފުގެ އަޑުއެހުންތައް ފަށައިފި
ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ އުފުލި އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ނިހާއީ ހުކުމެއްކަމަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްވެއްޖެ
މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު މަރާމާރީއެއް ހިންގައި، އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފޫރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދޭން އެދިއްޖެ
ވަގަށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގު އަވަސް ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަރިހުން މިއަދު އެދިއްޖެ އެވެ.

ކޯނުގައިޖެހި ހިނގިއެކްސިޑެންޓް ގައި މަރުވި މީހާގެ ބޯމަތިން ސައިކަލެއް ދާ ވީޑިއޯއެއް އާއްމުވެއްޖެ
ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގެ ސޯލާ ޕެނަލް ތައް ކައިރީ ހުރި ކޯނެއްގައި ޖެހި ހިނގިއެކްސިޑެންޓް ގައި މަރުވި މީހާގެ ބޯމަތިން ސައިކަލެއް ދާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
