logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހައްޖަށްދިޔަ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ (80އ.) އެވެ.

ހަފީޒާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ހަފީޒާ ނިޔާވި ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށްވާއިރު،  ރާއްޖެއިން ވަނީ 1،150 މީހުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *