logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އެސްޓީއޯގެ އަހަރީ ޖަލްސާ ޖުލައިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބާއްވަނީ

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމުޖަލްސާ އަންނަ ޖުލައިމަހުގެ 12 ވާ ހުކުރުދުވަހުގެ ރޭ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އަހަރީ އާއްމު ޖަލްސާގެ ނޯޓިސްގައި އެސްޓީއޯއިން ބުނީ އެކުންފުނީގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ޖުލައި 12 ވާ ހުކުރުދުވަހުގެ ރޭ 21:00 ގައި ނީރި ލައުންޖުގައި ކަމަށެވެ. ޖަލްސާ އޮންލައިނުކޮށް، މައިކްރޯސޮފްޓް ޓީމްސް ލައިވް އިވެންޓް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. މި ޖަލްސާގައި ފާއިތުވި އަހަރުގެ ކުންފުނީގެ މާލީ ހިސާބުތައް ފާސްކުރުމާއި ހިއްސާދާރުންނަށް ބެހުމަށް ކަނޑައެޅި ހިއްސާގެ ފައިދާ ބެހުން ފާސްކުރުން އޮންނާނެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް ޖެހިފައިވަނީ 80 ރުފިޔާއެވެ. މިދިޔަ އަހަރު ޖެހިފައިވަނީ 77 ރުފިޔާއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެކުންފުންނަށް ވަނީ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ. އެސްޓީއަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، އެންމެ 728 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރު ކުންފުނިން ވަނީ 12 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *