logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފޮރިން މިނިސްޓްރީގެ ބައެއް އިދާރާތަކުގެ ނަމަށް ބަދަލު ގެނެސްފި

ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބައެއް އިދާރާތަކުގެ ނަމަށް ބަދަލު ގެނެސްފިއެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލު ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ނަމަށް ބަދަލު ގެނައި ބައެއް އިދާރާތައް:

  • "އދ ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން" ގެ ނަން "ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް
  • "ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" ގެ ނަން "ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް
  • "ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" ގެ ނަން "ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް

އޭގެ އިތުރުން، ފޮރިން އެފެއާޒްގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި، އެ ލިސްޓް ވެސް އާންމުކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *