logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ރޭ ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިންމީހާ ވަނީ ހައްޔަރުކޮށްފައި: ފުލުހުން

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުން އުރީދޫ ބިލްޑިންގ ކުރިމަތިން ހިނގި އެކްސިޑެންޓާގައުޅިގެން ފުލުހުން މީޑިއާ ތަކާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެ އެކްސިޑެންޓްވީ ކާރު ދުއްވަން އިނީ ސ.ހިތަދޫ ވައިލެޓްފެހި އުމުރުން 26 އަހަރުގެ މުޙައްމަދު ވިޝާމު ސިދުގީ ކަމަށާއި މިހާރު އޭނާ ހުރީ ފުލުހުންގ ެބެެލުމުގެ ދަށުގައި ހައްޔަރުގައި ކަމަށެވެ.

އެކްސިޑެންޓް ވި ސައިކަލް ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ހުޅުމާލޭ ހޮސްޕިޓަލް ގައި ފަރުވާދެމުންދަނިކޮށް ރޭ ވަނީ ނިޔާވެފައެވެ.

ސަމާހު ދުއްވަން އިން ސައިކަލުގައި ކާރުން ޖެހުނު އިރު ސައިކަލުގެ ފަހަތުގައިވެސް އިތުރު މީހަކު އިންނަމަވެސް އެމީހާއަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.

ސަމާހު އަކީ ޑީޕީއާރުއެސް ގައި މަސައްކަތްކުރާ ޒުވާނެކެވެ. ސަމާހު މާފުށިން މާލެ އައިސްފައިވަނީ މާލޭގައި ބާއްވާ މެރަތަން ދުވުމެއްގައި ބައިވެރިވުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *