logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ސިޔާސީ ސަބަބުތަކަށްޓައި ވަޒީފާއިން ވަކިކުރާ ފަަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމްޑީޕީން ހާމަކޮށްފި

ސިވިލް ސާވިސަސް އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެ ޕާޓީން މިއަދު ނެރެފައިވާ ބަޔާނުގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ނިންމާފައިވާކަމަށެވެ.

އަދި ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެ ޕާރޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން helpline@mdp.org.mv އަށް މެއިލް ކޮށްގެން ނުވަތަ 7341637 ނަންބަރަށް ވައިބާ ކޮށްގެން މައުލޫމާތު ހިއްސާ ކުރަން އެ ޕާޓީގެ ބަޔާނުގައިވަނީ އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *