logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ލާމަރުކަޒީ ނިޒާމަށްވުރެ ކަތީބު ނިޒާމު ރަނގަޅުކަމަށް ދައްކަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ކުޅުދުއްފުށި ސިޓީ މޭޔަރު އާތިފް

ލާމަރުކަޒީ ނިޒާމަށް ވުރެ ކަތީބު ނިޒާމު ރަނގަޅު ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އެއްމެ އުތުރުގެ 3 އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށި ސިޓީގައި މިއަދު ކުރިއަށްދާ "ލާމަރުކަޒީ ގުޅުން ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާތިފް ވިދާޅުވީ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަމެޖޯރިޓީ އާއެކު ކައުންސިލްތަކަކީ ބޭކާރު ތަންތަނުގެ ގޮތުގައި ސިފަކުރަން މެންބަރުން މަސައްކަތްކުރަމުންދާކަމަށާއި، އަދި ލާމަރުކަޒީ ނިޒާމަށް ވުރެ ކަތީބު ނިޒާމު ރަނގަޅު ކަމަށް ދައްކަން ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި މޭޔަރ އާތިފް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ މިސަރުކާރުންވެސް ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ގައުމީ ޔުނިވާސިތީއާއި ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއިންވެސް ހާމަވީ ލާމަރުކަޒީ ނިޒާމު ރައްޔިތުން ބޭނުންވާ ކަމަށާއި އެނިޒާމަށް ރައްޔިތުންގެ އިތުބާރު މިހާރު ލިބިފައިވާކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމު ދަމަހައްޓައި އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށާއި އެކަން ކުރުމުގެ ވިސްނުންހުރި ބަޔަކު ސަރުކާރަށްވެސް ގެންނަން ޖެހޭ ކަމަށެވެ.

އަދި ރައްޔިތުންނަށް ލިބިފައިވާ ލާމަރުކަޒީ ބާރު ދޫވެގެންދާން ރައްޔިތުން ބޭނުންނުވާ ކަމަށާއި ކުދިުކުދި ކަންކަމުގައި ސަރުކާރުގެ ބޮޑެތިވެރިންގެ ގާތަށް ނުގޮސް ރައްޔިތުން ބޭނުންވާ ގޮތަށް އެ ރައްޔިތުން ބޭނުންވާ ކަނަކްނަ ނިންމުމުގެ ބާރު ދަމަހައްޓަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ސަރުކާރުން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ ކައުންސިލް ތަކަކީ ވިހާ މަރުވާ ގެ ރިޕޮޓް ފޮނުވަން އޮންނަ ތަނަކަށް ހެދިޔަ ނުދުިނުމަށް އެމްޑީޕީން ފިސާރި މަސައްކަތްތަކެއް މިހާރު މިވަނީ ކުރަންޖެހިފައި ކަމަށްވެސް މޭޔަރ އާތިފް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *