logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށް ހިންގައްޖެ

ހުޅުމާލޭ ފަޅުތެރޭގައި، އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި އަޅާފައި އޮތް "ހީނާމާ" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބުނީ މިއަދު ހެނދުނު 07:10 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ، މިއަދު ހެނދުނު 07:31 ހާއިރު ދޯނި އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ދޯނިން ފެން ހިއްކުމުގައި ހަރަކާތްތެރިވެފައެވެ. އަދި، ޕަންޕު ޖައްސައިގެން، "ހީނާމާ" ދޯނީގެ ދިޔަގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. އެހެންކަމުން، އެ ދޯނީގެ ދެ ފަރާތުގައި އޮތް ދެ ދޯންޏެއްގެ އެހީގައި ވާ އައްސައި ފެންފަށަލަމަތީގައި އޮންނާނޭ ގޮތަށް ވަނީ ހަދާފައެވެ. އެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގިއިރު އެ ދޯނީގައި ހުރީ އެންމެ ފަޅުވެރިއެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *