logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޯޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިއްސާ އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން، މިދިޔަ ހުކުރުދުވަހު ނ.ވެލިދޫ ގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެލިދޫގައި ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކުރީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންގެ ބަންދަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓުން  10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ހާމަ ކުރެއެވެ.

މި މަހު ތިން ވަނަ ދުވަހު ދ.މީދޫ ގައި ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ބަންދަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ތިން ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *