logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
މީގެކުރިން އަތުލައިގަތް މަސްތުވަތާތެކެތި

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފި

މާލެއިން ހޯދި 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ކައުންޓާ ނާކޯޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކުރީ ހަ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު 13.56 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 644،000 ރުފިޔާ ފުލުހުން ހޯދީ މީގެ 2 ދުވަސް ކުރިންނެވެ.

ފުލުހުން ބުނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެއް ޓަނު 600 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ