logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މަސްވެރިންތަކެއް، އެމީހުންގެ މަސައްަކަތުގައި. ރާއްޖޭގެ މަހަށް ޔޫކޭއިން ނަގާ ޑިއުޓީ ކަނޑައިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވި. ފައިލް ފޮޓޯ/މިނިވަން

މަސްވެރިންގެ ދުވަސް: ރިކޯޑަކަށް ފަހު ރިކޯޑެއް!

މިއަދަކީ ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މަސްވެރިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރީ 1981 ވަނަ ދުވަހު ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފާހަގަކުރަމުންނެވެ. މަސްވެރިންގެ ދުވަހަކީ މަސްވެރިން ކުރާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މިދުވަސް މިއަދު ފާހަގަކުރަމުންދާއިރު މަސްވެރިންގެ ކަންބޮޑުތަކާއި ޝަކުވާތައް އެބަހުއްޓެވެ. ނަމަވެސް އާ ޝަކުވާއެއް ނެތެވެ. މީގެކުރިންވެސް ކުރަމުން އައި ޝަކުވާތަކެވެ. އެކަށީގެންވާ ވަރަށް އައިސް ނުލިބުމުގެ ޝަކުވާއެވެ. މަހަށް ހަމައަގު ނުލިބުނެވެ. މަސް ކިރަން އުފުލަން ޖެހޭ ތަކުލީފުގެ ޝަކުވާއެވެ. މިއީ މީގެ އެތައް އަހަރެއް ކުރިންވެސް ކުރަމުން އަންނަ ޝަކުވާތަކެވެ. މިކަން ހައްލުކުރުމަށް ޝަރުކާރުން ގެންދަނީ ޕްލޭންއެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ.

މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މިއަހަރު ފާހަގަކުރެވިފައިވަނީ މަސްވެރިން ރިކޯޑްތަކެއް ހެދި އަހަރެއްގެ ގޮތުގައެވެ. ރާއްޖޭގެ އެންމެ ގިނަ މަސްވެރިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ރިކޯޑްތައް ވަނީ މިއަހަރު ހަދާފައެވެ.

އެއްދުވަހުން އެންމެ ގިނަ މަސްބޭނި ރިކޯޑު މިމަހުގެ 3 ވަނަ ދުވަހު މުގުރާލީ މިއަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަކުރަމުންދާ ގދ ފަރެސްމާތޮޑާ "ބާހިރާ" ދޯނިންނެވެ.

ބާހިރާ ދޯނިން މި ރިކޯޑް މުގުރާލީ 59 ޓަނުގެ މަސް ބާނައިގެންނެވެ. މީގެތެރެއިން 58 ޓަނު 660 ކިލޯގެ މަސް ކޫއްޑޫއަށް ވަނީ ކިރުވާފައެވެ. މިއީ މިފްކޯގެ ތާރީހުގައި ދޯންޏަކުން 1 ދުވަހުން އެންމެ ގިނަ މަސް ބާނައިގެން ކިރުވި ފަހަރެވެ. އެ ދޯނިން ކިރުވި މަހަށް 9 ލައްކަ 96 ހާސް ހާސް 34 ރުފިޔާ ވަނީ ލިބިފައެވެ.

ބާޚިރާ ދޯންޏަކީ ރާއްޖޭގައި ދުއްވާ މަސްދޯނިފަހަރުތަކުގެ ތެރެއިން އެންމެ ބޮޑު އަދި ވަސީލަތްތަކުގެ ގޮތުން އެންމެ ފުރިހަމަ އެއް މަސް ދޯންޏެވެ. 117 ފޫޓުގެ ދިގު މި ދޯންޏަކީ ދޯނީގެ އިންޖީނަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެކެވެ.

އެއް ދުވަހުން އެންމެ ގިމަ މަސް ބޭނި ރިކޯޑް މިމަހުގެ 3 ވަނަ ދުވަހާ ހަމައަށް ހަމައަށް އޮތީ ގދ. މަޑަވެލީ 'ޓީއެސް' ދޯނީގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދޯނިން ވަނީ 57 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ މީގެ 16 އަހަރު ކުރިން 52 ޓަނު ބާނައިގެން ގދ ތިނަދޫ ރަސްމަގު ދޯނީގައެވެ.

ޓީއެސް ލައިން

ދޮށީގެ މަސްވެރިކަމަށްފަހު އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯނީގެ ރިކޯޑް ހއ އިހަވަންދޫ މާހޯރަ-3 ދޯނިން ވަނީ މުގުރާލާފައެވެ. އެ ދޯނިން މި ރިކޯޑް މުގުރާލީ މިދިޔަ މަހުގައެވެ.

މާހޯރަ-3

މި ދޯނި ކަންނެލި ކިރާފައިވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ކަންނެލި ގަނެ އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒް އަށެވެ. މިދަތުރުގައި އެދޯނިން 14 ޓަނުގެ ކަންނެލި ބޭނިއެވެ. މީގެތެރެއިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި ކިރުވާފައިވަނީ އެންސިސް އަށެވެ. މިއީ އެންސިސްގެ ތާރީހުގައި އެއް ދަތުރުން އެންމެ ގިނައިން ދޯންޏަކުން ކަންނެލި ކިރުވި ފަހަރެވެ. އެންސިސްއިން ބުނީ މީގެކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ. އެންސިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެއް ދަތުރުން 3 ވަނަ އަށް އެންމެ ގިނައިން ކަންނެލި ކިރުވާފައިވަނީ ދ ކުޑަހުވަދޫ "ދިރުން-2″ ދޯންޏެވެ. އެ ދޯނިން 11 ޓަނު 17 ކިލޯ ކިރުވިކަމަށް އެންސިސްއިން ބުނެއެވެ.

ކެޔޮޅު އިބްރާހިމް ރަޝީދު

ކޮންމެ އަކަސް މިއަދު މަސްވެރިންގެ ދުވަހާ ކުރިމަތިލީ މަސްވެރިކަމުގެ އާ ރިކޯޑްތަކާ އެކުގައެވެ.

1981 ވަނަ އަހަރުން ފެށިގެންގެން 2011 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އައީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިންގެ ދުވަހަކީ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހަށް ބަދަލު ކުރެއްވިއެވެ. ނަމަވެސް އޭގެފަހުން ޑރ. މުޙައްމަދު ވަހީދު ޙަސަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި އަލުން ހަމަޖެއްސެވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *