logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެމްޑީޕީ ޕްރައިމަރީ: ވޯޓު ގުނަން ފަށައިފި، ކުރީގައި ރައީސް ސޯލިހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގެ ވޯޓުފޮށިތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.

ފުލުފުލުގައި ނަތިޖާ އަންނަމުންދާއިރު ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ރައީސް ސޯލިހެވެ. ބައެއް ފޮށިތަކުން 100 ޕަސެންޓްވެސް ރައީސް ސޯލިހު ވަނީ ކާމިޔާބު ކުރައްވާފައެވެ.

މިހައިތަނަށް ނަތީޖާ ލިބުނު ފޮށިތަކުގެ ތެރެއިން ބައެއް ބޮޑެތި ދާއިރާތަކުން ވެސް ކުރި ހޯއްދަވާފައިވަނީ ރައީސް ސޯލިހެވެ. އެގޮތުން އައްޑޫ މަރަދޫފޭދޫން ރައީސް ސޯލިހަށް 154 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 86 ވޯޓެވެ. މާލޭގެ މާފަންނު ދެކުނު ދާއިރާއިން ރައީސަަށް 150 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 107 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ ހައެކެވެ. ލ.ގަން މަތިމަރަދޫ އަވަށުން ރައީސް ސޯލިހަށް 117 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 41 ވޯޓެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާއިން ރައީސް ސޯލިހަށް 217 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 95 ވޯޓެވެ. ނަޝީދަށް ވަފާތެރި މެމްބަރެއް ކަމަށްވާ ހަސަން އަފީފުގެ ދާއިރާ ގައި ހިމެނޭ ތ. ވިލުފުށިން އެމަނިކުފާނަށް 46 ވޯޓު ލިބިވަޑައިގެންނެވި އިރު އެރަށުން ވެސް ރައީސް ސޯލިހަށް 74 ވޯޓު ލިބިވަޑައިގެންނެވި އެވެ.

ޅ.ކުރެންދޫން ސޯލިހަށް 127 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 59 ވޯޓެވެ. ދ. ކުޑަހުވަދޫން ރައީސަށް 209 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 135 ވޯޓެވެ.

އެމްޑީޕީގެ ޕުރައިމަރީގެ ވޯޓުލާން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގެ ފަހުންނެވެ.

މިއަދުގެ އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ރާއްޖޭގައި ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 243 ވޯޓު ވަނީ ބަހައްޓައިފަ އެވެ. އެއީ މާލޭގައި ބަހައްޓާ 49 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 194 ވޯޓު ފޮއްޓެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *