logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނަޝީދު ވިދާޅުވަނީ ފެކްޝަނަށް ރަސްމީކޮށް ޖާގަ ދޭން ޖެހޭ ކަމަށް!

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީގައި މިހަައިތަނަށް އޮތް ނުރަސްމީ ދެ ފެކްޝަނަށް، ރަސްމީކޮށް ޖާގަ ދީގެން ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދާ ސުވާލުކުރީ "ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ގޮތްޕެއް ހިންގުމުގެ ބަދަލުގައި ޕާޓީއެއް ހަދަން ބައެއް މީހުން ގޮވައިލާ އިރު އެގޮތަށް ކަންތައް ކުރައްވާނަންތޯ" އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ބޮޑެތި ޕާޓީތައް ދެބައިވުމަކީ ގިނަ ގައުމުތަކުގައި ހިނގާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެފަދަ ވަގުތުތަކުގައި ޕާޓީ ބައިބައި ވިޔަ ނުދީ ހިފަހައްޓާނީ ކިހިނެތްކަން ދެނެގަންނަން ޖެހޭ ކަމަށެވެ. ފެކްޝަނަށް ޖާގަ ދިނުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ފުރަތަމަ ކަންތަކެވެ.

"ފުރަތަމަަ ކަމަކީ ފެކްޝަން އަށް އިންކާރުނުކުރުން. ފެކްޝަނަލިޒަމް އިންޓްޓިއުޝަނަލައިޒްކުރުން މިހާރު ކުރަން ޖެހިފައި މިއޮތް ކަމަކީ. އެމްޑީޕީ ތެރޭގައި ހަަމަ ގައިމު ވެސް ދެ ދެފެކްޝަން އެބަ އޮތް. ދެން އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ޗެެއާޕާސަން އަކީ ކުޅަދާނަ މީހެއް. އޭނާއަށް އިނގެން ޖެހޭނެ ދެ ފެކްޝަން ގެންގުޅެން،" ނަޝީދު ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކިން ގޮތްޕެއް ހިންގަވަން ނަޝީދު ނިންމެނީ ރިޔާސީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުވެވަޑައިނުގަތުމުންނެެވ. އެ ގޮތްޕަށް މީހުން އިތުރުކޮށް، ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވައި، ޓިކެޓް ދޭނެ ފަރާތެއް އަލުން ކަނޑައެޅުމަކީ އެ މަނިކުފާނުގެ އަމާޒެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވާފައި ވިޔަސް އެހެން ބޭފުޅަކަށް ޓިކެޓް ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ. ރޭގެ އިންޓަވިއުގައި އޭގެ މިސާލަކަށް ދެއްކެވީ 2018 ގެ ރިޔާސީ ޓިކެޓް ދިން ގޮތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފިކުރެއްގެ ދިރުން، ޗެއާޕާސަން އަށް އަންޑަސްޓޭންޑްވާނެ މިހާރު މޮއޮތީ ނޫންހޭ އަދަދު. އޭނާ އެެ މައްޗަށް އަމަލުކުރާނެ. ނުކޮށެއް ނުހުންނާނެ. އަޅުގަނޑަށް ލިބިފައި އޮތް ޓިކެޓެއް. ޕްރައިމެރީއަކުން، އެމްޑީޕީ ކޮންގްރެސް އިން އަތުލީ އަޅުގަނޑު އަތުން. އެމްޑީޕީ ކޮންގްރެސް އިން ނިންމީ. މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި އިރު 2018 ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ބަދަލުގައި އިބްރާހީމް މުހައްމަދު ސޯލިހު ނެރެން އެމްޑީޕީގެ ކޮންްގްރެސް އަކުން ނިންމީ ޖަލު ހުކުމަކާ ހެދި އެމަނިކުފާނަށް ވާދަ ކުރެވެއްވެން ނެތިގެންނެވެ.

ޖެނުއަރީ 28 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 60 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *