logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ބްރޯޑްކޮމްގެ އިދާރާ ހިންގާ ބިއްލޫރިޖެހިގެ. ފޮޓޯ: ސޯޝަލް މީޑިއާ

މީދާ ގިނަވެ، ބްރޯޑްކޮމް ބަންދުކުރަން ޖެހިއްޖެ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އިދާރާގައި މީދާ ގިނަވެ، މަސައްކަތަށް ބުރޫ އަރާތީ، އެ ކަން ހައްލުކުރުމުގެ މަސައްކަތަށް، އެ އިދާރާ މިއަދު ބަންދުކޮށްފި އެވެ.

ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަން ހިންގަމުން އަންނަ ގ. ބިއްލޫރިޖެހިގޭގައި މީދާ ގިނަވެ، މަސައްކަތަށް ބުރޫ އަރާތީ "ޕެސްޓް ކޮންޓްރޯލް މަސައްކަތް" ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ (މިއަދު) ކަމަށާއި އެހެންވެ، މިއަދު އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ދޭން ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ބްރޯޑްކޮމްގެ އެއްވެސް ހިދުމަތެއް މިއަދު ހޯދާން އެދޭ ފަރާތްތަކުން ކޮމިޝަނުގެ ހޮޓްލައިން 7983353 އަށް ގުޅަން އެދޭ ކަމަށާއި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

ބްރޯޑްކޮމްގެ އިދާރާ ހިންގަމުން އަންނަ ގ. ބިއްލޫރިޖެހި ގެއަކީ ވަރަށް ކުރީގެ އިމާރާތެކެވެ. އެތަނުގައި ކުރިން ހިންގި ތަންތަނުގެ ތެރޭގައި ގައުމީ ކުތުބުޚާނާއާއި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިމެނެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *