logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ސިފައިންގެއަށް ވަންނަން ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާން އެއްގައި ވާ ގޮތުން ސިފައިންގޭގެ ވަޒީފާއަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް އެ މިނިސްޓްރީން ކަމަށެވެ.

ވަޒީފާގެ ޝަރުތުތައް:

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން
  • ޢުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި)
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން

މި ޝަރުތުތަކުގެ އިތުރުން އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އީ-މެއިލް މެދުވެރިކޮށް ފޯމް ހުށައަޅާނަމަ، ހުށައަޅާނީ careers@defence.gov.mv އަށް ކަމަށާއި އޮންލައިންކޮށްނަމަ “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށައެޅިދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އީ-މެއިލް މެދުވެރިކޮށް ފޯމް ހުށައެޅި ފަރާތްތަކުން ފޯމް މިނިސްޓްރީއަށް ލިބުނުތޯ ބެލުމަށް 7522601 މެސެޖްކޮށްލެވިދާނެ ކަމަށެވެ. އަދި މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *